ފުރާންސުގެ ށް ރައީސް އިމެނުއެލް މެކްރޯން

ރަސްމީ ދަތުރުފުޅެއްގައި އުޅުއްވަނިކޮށް ފުރާންސުގެ ރައީސް މޫނުފުޅުމަތީ ޖަހައިފި

ރަސްމީ ދަތުރުފުޅެއްގައި ފުރާންސުގެ ހުޅަނގު ދެކުނަށް ވަޑައިގެން އުޅުއްވަނިކޮށް ރައީސް އިމެނުއެލް މެކްރޯން މޫނުފުޅުމަތީ ޖަހައިފިއެވެ.

މިހާދިސާގެ މަންޒަރުތައް މީސްމީޑިއާ ވެބްސައިޓުތަކުގައި މިހާރު އާންމުވެފައިވާއިރު މި މަންޒަރުތަކުން ފެއްނަނީ ތާއީދުކުރައްވާ ބޭފުޅުންނާ ސަލާމް ކުރައްވަމުން ވަޑައިގައްނަވަނިކޮށް މީހުންގެ ތެރެއިން އެކަކު ރައީސްގެ މޫނުފުޅުމަތީ ޖަހަން އުޅޭ މަންޒަރެވެ.

އާންމުވެފައިވާ ވީޑިއޯއިން ރައީސްގެ މޫނުފުޅުމަތީ ޖެހޭތަން ސީދާ އެހާ ސާފުނޫން ނަމަވެސް ރައީސްއާ ސަލާމްކުރުމަށް ތިބި މީހުންގެ ތެރެއިން މީހަކު ރައީސްގެ މޫނުފުޅުމަތީ ޖަހަން މަސައްކަތްކުރާތަން ފެނެއެވެ. މިއާއެކު ހަށިފާރަވެރިން ވަގުތުން ރައީސް އާއި އެމީހާއާއި ދެމެދަށްވަދެ ރައީސް ދުރަށް ލައެވެ.

ފުރާންސުގެ ޚަބަރުފަތުރާ ވަސީލަތްތަކުން މައުލޫމާތުދޭގޮތުގައި މިހާދިސާއާއި ގުޅިގެން މިހާތަނަށްވަނީ ދެމީހުން ހައްޔަރުކޮށްފައެވެ. ފުރާންސުގެ ޚަބަރުފަތުރާ ވަސީލަތްތަކުން އިތުރަށް ބުނެފައިވަނީ ރައީސްއަށް ހަމަލާދޭން އުޅުނު މީހާ އެ ހަމަލާދެމުން ފުރާންސުގެ ރަސްކަމުގެ ދުވަސްވަރު ހަނގުރާމައިގެ މައިދާނުގައި ގޮވާ ގޮވެލިފައްޗެއް ބޭނުންކޮށްފައިވާ ކަމަށެވެ.

ރައީސްއަށް ހަމަލާދިން މީހާގެ ވަނަވަރާއި އަދި ދިން މަގުސަދު އަދި ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް

3 Responses

  1. މަގޮލާ

    ސެކއުރިޓީގެ ހުށިޔާރުކަމަށް ސާބަސް!

  2. ވާތު ސަންގު

    ކޮބާ އިންޓެލިޖެންސް؟؟

  3. ބުންބާ

    ކާފަރުންގެ ހުރޭތަ މޫނު ފުޅެއް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ