ވެކްސިން ފުރިހަމަކޮށްގެން ފުރާންސުން އިނގިރޭސިވިލާތައް އައްނަ މީހުން ކަރަންޓީންވާންޖެހޭނެ

ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްގެން އިނގިރޭސިވިލާތަށް ފުރާންސުން އައްނަ މީހުން ކަރަންޓީންވާންޖެހޭ ގޮތަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.

މި ބަދަލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އައްނަ ހޯމަދުވަހުން ފެށިގެންނެވެ. މިގޮތަށް އައްނަ ފަރާތްތައް ކަރަންޓީންވާން ޖެހޭ މުއްދަތަކީ 10 ދުވަހެވެ.

ފުރާންސުން އައްނަ ފަރާތްތަކާއިމެދު މިގޮތަށް އަމަލުކުރަން ފަށައިފައި މިވަނީ އެގައުމުގައި ފެތުރެމުންދާ ކޮވިޑް-19ގެ ބީޓާ ވޭރިއެންޓާއި ގުޅިގެންނެވެ. މި ވޭރިއެންޓާއި ދެކޮޅަށް ވެކްސިން މާ އެދެވޭގޮތެއްގައި މަސައްކަތް ނުކުރާކަމުގެ ކަނބޮޑުވުންތައްވަނީ އުފެދިފައެވެ.

ފުރާންސުން އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ ތެރެއިން 10 އިންސައްތަ މީހުންނަށް ޖެހެނީ ބީޓާ ވޭރިއެންޓެވެ. ނަމަވެސް މި ހިސާބަކީ ފުރާންސުގެ ބަޔެއްގެ ގޮތުގައި ބެލެވޭ އިންޑިއާ ކަނޑުގައި އޮއްނަ ރީޔޫނިއަންނާއި މަޔޮޓޭގެ ކޮވިޑް ކޭސްތައް ހިމަނައިގެންނެވެ. މި ދެ ރަށުގައި ފެތުރޭ ކޮވިޑް-19ގެ ގިނަ ކޭސްތަކަކީ ބީޓާ ވޭރިއެންޓުގެ ކޭސްތަކެވެ.

ކަންމިހެން ހުރިއިރު އިނގިރޭސިވިލާތުގައި މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ޑެލްޓާ ވޭރިއެންޓުގެ ކޮވިޑް-19 އެވެ. އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު މި ވޭރިއެންޓަކީ ސައުތު އެފްރިކާއިން ފެނިފައިވާ ބީޓާ ވޭރިއެންޓަށްވުރެ ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ