ދިވެހިރާއްޖޭގައި އުފަންވާ ކުދިން ހަތްދުވަހުގެތެރޭ ރަޖިސްޓްރީ ކުރުމަށް ކަމާބެހޭ ލިޔުންތައް ސިޓީ ކައުންސިލަށް ނުވަތަ ރަށު ކައުންސިލަށް ހުށަނާޅައިފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ގާނޫނެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި، އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލުގައި ބުނެފައިވަނީ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާއެކު ރަށް ނޫނީ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނޫނީ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.
މިމުއްދަތުގެ ތެރޭ ރަށް ނޫނީ ސިޓީ ކައުންސިލަށް ފޫޅުމާ ފޯމާއެކު ކުއްޖާ ރަޖިސްޓްރީ ކުރަން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަނާޅައިފިނަމަ 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވަނީ ބަޔާންކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރުދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މި ބިލުގެ މަގުސަދުގެ ގޮތުގައި ބުނެފައިވަނީ ރާއްޖޭގައި އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ އުސޫލުތައް ކަނޑައެޅުމާބެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށެވެ.
މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ މި ބިލުގައިވާގޮތުން ރާއްޖޭން ބޭރުގައި އުފަންވާ ކުއްޖަކީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް އުފަންވާ ކުއްޖެއްނަމަ، އެ ކުއްޖާ އުފަންވި ގައުމުގައި އުފަންވުން ރަޖިސްޓްރީ ކުރާތާ ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅަންޖެހޭނެއެވެ.





2 Responses
7 ދުވަސް މާ އަވަސް . ކަން ދިމާވާ ގޮތަކުން ހޮސް ޕިޓަލުން ގެއަށް އާދެވޭނީވެސް 10 ވަރަކަށް ދުވަސް ފަހުން. 1 މަސް ރަނގަޅު .
ހާލަތަށް ރިއާޔަށް ކުރަން ޖެހޭ. އުފަންވިއަސް އެމެޖެންސީ ހާލަތުގައި ކުއްޖާ އެންއައިސ ޔޫގައ އޮންނ އިރ މައިންބަފައިންނަށ ތިޔ ރަޖިސްޓަރ ކުރަނ އުޅެވޭތ؟