ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް

ބޮމުގެ ހަމަލާއާއި ގުޅިގެން މާލެއާއި މާފުށީ ޖަލުގައި ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި މިއަދު ހާއްސަ އޮޕަރޭޝަން އެއް ހިނގަމުންދާ ކަމަށެވެ.

މީގެ އިތުރުން ވިދާޅުވީ، މި އޮޕަރޭޝަނަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

"6 މެއި 2021 ވަނަ ދުވަހު ރަތްޔިތުންގެ މަޖިލީހުގެ ރައީސް އަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން މިސަރވިސްގެ މާލޭ ޖަލާއި މާފުށީ ޖަލުގައި 3 މުވައްސަސާ ގުޅިގެން މިއަދު ދަނީ ހާއްސަ އޮޕަރޭޝަން އެއް ހިނގަމުން." މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަތަރު މީހެކެވެ. ހައްޔަރުކޮށްފައިވަނީ ބޮންގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށްވާ އަދުހަމް އަހުމަދާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އަދި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ. މީގެ އިތުރުން ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރަޝީދު

    މުގުލުގަތިބިމީހުންގެ މައުލޫމާތުވަނީ އިންޓެލިޖެންސާއެކުއެދުވަސްކޮޅުގެއްލިފައި!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ