އައްޑޫ ސިޓީން މިއަދު 23 މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން މިއަދު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ހަވީރު 18:00 އާއި އެ ސިޓީން އިތުރުން 23 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 18 މީހަކީ ބަންގުލަދޭޝްގެ މީހަކު އުޅޭއިރު، އެމީހުންނަކީ އިއްޔެ ހިތަދޫން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގުލަދޭޝްގެ މީހާގެ ޑައިރެކްޓު ކޮންޓެކްޓުންގެ ތެރެއިން ނެގުނު ސާމްޕަލް ތަކުން ޕޮޒިޓިވްވީ މީހުންނެވެ.

މީގެއިތުރުން ދެން އެ ސިޓީން މިއަދު ޕޮޒިޓިވްވީ އިއްޔެ ހިތަދޫ ފްލޫ ކުލިނިކަށް ދެއްކުމުން ކޮވިޑަށް ޕޮޒިޓިވްވީ މީހާގެ ކޮންޓެކްޓުންނެވެ.

އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 59 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، ހުޅުދޫގައި 7 ކޭސް، މަރަދޫގައި 3 ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

މިވަގުތު ކޮވިޑްގެ އެކްޓިވް 71 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 274 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

އައްޑޫ ސިޓީން އެއްދުވަހާއި ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފައި މިވަނީ، ފާއިތުވި ހަފްތާގައި އައްޑޫން ފައްސިވި މީހުންގެ އަދަދު ދަށްވުމާއި ގުޅިގެން އެސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ވަނިކޮށްކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ