އައްޑޫ ސިޓީއިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، އެސިޓީން މިއަދު ފެނުނު ޕޮޒިޓިވް 7 ކޭސްވެސް ފެނިފައިވަނީ ހިތަދޫއިން ކަމަށެވެ. އެގޮތުން ހިތަދޫއިން ފެނުނު މި 7 ކޭސްއަކީ ފްލޫ ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވި މީހަކާއި، ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި 5 މީހެއްގެ އިތުރުން ރެންޑަމް / ސަވެއިލަންސަށް ނެގުނު ސާމްޕަލްއަކުން ޕޮޒިޓިވްވި މީހެކެވެ.
އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 83 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، މަރަދޫގައި 2 ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
Addu City Covid-19 case status as of 16th June 2021, 18:00Hrs.#StayHome #WashYourHands #WearAMask pic.twitter.com/TGXyVQKhbi
— Addu Emergency Operations Center (@EOCaddu) June 16, 2021
މިވަގުތު ކޮވިޑްގެ އެކްޓިވް 86 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 301 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.
ފާއިތުވި ހަފްތާގައި އައްޑޫން ޕޮޒިޓިވްވު މީހުންގެ އަދަދު ދަށްވިނަމަވެސް، އަނެއްކާވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ އިތުރުވާން ފަށާފައެވެ. އިއްޔެ އެކަނިވެސް އެސިޓީން 15 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށްލެވެއެވެ.




