ކުޅުދުއްފުށީގައި އޮތް ބަލި މީހަކު ޑޯނިއަރ ފްލައިޓުގައި މާލެ ގެނެސްފި

ކުޅުދުއްފުށީ ސިޓީގައި އޮތް ބަލި މީހަކު ޑޯނިއަރ ފްލައިޓުގައި މާލެ ގެނެސްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ޙާލު ދެރަވެ އިތުރު ފަރުވާއަށް ބޭނުންވެފައިވާ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނަކު ޑޯނިއަރ ފްލައިޓުގައި ކުޅުދުއްފުށިން މާލެ ގެނެވިފައިވާކަމަށެވެ.

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުގައި އޮތް މިބަލި މީހާ އެމްއެންޑީއެފް ނޮދާން އޭރިއާގެ ކޮމާންޑުގެ އެހީގައި ޑޯނިއަރ ފްލައިޓުގައި މާލެ ގެނެވިފައިވަނީ މިރޭ 19:00 ކަމަށްވެސް އެމްއެންޑީއެފުންވަނީ ބުނެފައެވެ.

މިބަލިމީހާއާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މިނޫހުން ކުރެވުނު މަސައްކަތްވަނީ ކާމިޔާބު ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ