އައްޑޫ ސިޓީއިން މިއަދުވެސް ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، އެސިޓީން މިއަދު ފެނުނު ޕޮޒިޓިވް 7 ކޭސްވެސް ފެނިފައިވަނީ ހިތަދޫއިން ކަމަށެވެ. އެގޮތުން ހިތަދޫއިން ފެނުނު މި 7 ކޭސްއަކީ ފްލޫ ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވި ދެ މީހަކާއި، ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި 5 މީހެކެވެ.
އިއްޔެވެސް އައްޑޫއިން ކޮވިޑްގެ 7 ކޭސްއެއްވަނީ ފެނިފައެވެ. އަދި އިއްޔެ ފެނުނު 7 ކޭސްވެސް ފެނިފައިވަނީ ހިތަދޫއިންނެވެ.
Addu City Covid-19 case status as of 17th June 2021, 18:00Hrs.#StayHome #WashYourHands #WearAMask pic.twitter.com/gmu9FIwlPZ
— Addu Emergency Operations Center (@EOCaddu) June 17, 2021
އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 89 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، މަރަދޫގައި 2 ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 92 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 302 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.
ފާއިތުވި ހަފްތާގައި އައްޑޫން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވިނަމަވެސް، އަނެއްކާވެސް އެއަދަދު އިތުރުވާންފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.




