އައްޑޫ ސިޓީއިން މިއަދުވެސް ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، އެސިޓީން މިއަދު ފެނުނު ޕޮޒިޓިވް 7 ކޭސްވެސް ފެނިފައިވަނީ ހިތަދޫއިން ކަމަށެވެ. އެގޮތުން ހިތަދޫއިން ފެނުނު މި 7 ކޭސްއަކީ ފްލޫ ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވި ހަތަރު މީހަކާއި، ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި 3 މީހެކެވެ.
އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި ބިދޭސީއެެކެވެ.
މީގެކުރިން ދެ ދެދުވަހުވެސް އައްޑޫއިން ކޮވިޑްގެ 7 ކޭސްއެއްވަނީ ފެނިފައެވެ. އަދި އެދެދުވަހުވެސް ފެނުނު ކޮވިޑްގެ ކޭސްތައް ފެނިފައިވަނީ ހިތަދޫއިންނެވެ.
Addu City Covid-19 case status as of 18th June 2021, 18:00Hrs.#StayHome #WashYourHands #WearAMask pic.twitter.com/FawVNiPmM7
— Addu Emergency Operations Center (@EOCaddu) June 18, 2021
އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 94 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، މަރަދޫގައި 2 ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 97 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 304 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.




