ކުޑަކުދިންނަށް ހާއްސަކޮށްގެން މޭގަން ނެރުނު ފޮތުގެ 2000 ކޮޕީ ހަދިޔާކުރަނީ!

ކުޑަކުދިންނަށް ހާއްސަ ކޮށްގެން  ޑަޗަސް އޮފް ސަސެކްސް، މޭގަނަ މާކަލް ނެރުނު އޭނަގެ ފުރަތަމަ ކުޑަކުދިންގެ ފޮތް، "ދަ ބެންޗް" ގެ 2000 ކުޕީ ޑޮނޭޓް ކުރުމަށް ނިއްމައިފިއެވެ.

"ދަ ބެންޗް" މި ފޮތް މޭގަން ރިލީޒްކޮށްފައިވަނީ މި ހަފްތާގެ ކުރީކޮޅުއެވެ. ކުރެހުމުން ކިޔައިދޭ މި ފޮތަކީ، ފިރިހެން ދަރިއަކާއި ބައްޕައެއްގެ ދެމެދުގައި އުފެދިފައިވާ ހާއްސަ ގުޅުމުގެ ވާހަކަ ކިޔައިދޭ ފޮތެކެވެ.

މި ފޮތް ނެރުމަށް މޭގަން އިންސްޕަޔާ ވެފައިވަނީ، އޭނަގެ ފިރިކަލުން ޕްރިންސް ހެރީ އާއި ދޮށީ ފިރިހެން ދަރިފުޅު އާޗީގެ ދެމެދުގައި އުފެދިފައިވާ ހާއްސަ ގުޅުމުންނެވެ.

މި ފޮތުގެ 2000 ކޮޕީ ހަދިޔާކުރުމަށް ނިއްމާފައިވާކަން މި ދެމަފިރިން އިއުލާންކުރީ، އެމީހުންގެ އާޗްވެލް ފައުންޑޭޝަން ވެބްސައިޓް މެދުވެރިކޮށް ނެރުނު ނޫސްބަޔާނެއްގައެވެ. އެގޮތުން މި ފޮތުގައި ދެހާސް ކޮޕީ ޔޫކޭގެ ލައިބްރަރީ ތަކަށާއި، ކޮމިއުނިޓީ ސެންޓަރ، ސްކޫލް އަދި ގައުމުގައި ހިންގާ ނޮން-ޕްރޮފިޓް ހަރަކާތްތަކަށް ހަދިޔާ ކުރަން ނިއްމާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

މި ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ކޮޕީތައް ހަދިޔާކުރުމަށް، ފޮތުގެ ޕަބްލިޝަރގެ ފަރާތުން ސަޕޯޓު ލިބިފައިވާކަމަށެވެ. އެގޮތުން އެ ފޮތްތައް ޕަބްލިޝް ކުރުމަށް އެއްވެސް އަގެއް ނަގާފައިނުވާކަމަށް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ