އައްޑޫގެ ކޮވިޑް ކޭސްތައް 400 އިން މަތީގައި!

އައްޑޫ ސިޓީގައި ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ސިޓީން ޕޮޒިޓިވް ވި މީހުންގެ އަދަދު 400 އިން މައްޗަށް އަރައިފިއެވެ.

އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ(18 ޖޫން)ގެ 18:00 ގެ ނިޔަލައް އެ ސިޓީން 403 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި 304 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި އައްޑޫ ސިޓީން މި ބަލީގައި މިހާތަނަށް ނިޔާވެފައިވަނީ 2 މީހުންނެވެ.

އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތު ދޭގޮތުގައި، މިދިޔަ ހުކުރު ދުވަހު 173 ސާމްޕަލެއް ނަގާފައިވާއިރު، އިއްޔެ އައްޑޫން ބައްޔަށް އަލަށް ޕޮޒިޓިވް ވެފައިވަނީ 7 މީހުންނެވެ.

އައްޑޫ ސިޓީން މިހާތަނަށް 8118 ސާމްޕަލް ނަގާފައިވާއިރު، 97 އެކްޓިވް ކޭސް ހިމެނެއެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ އެންމެ މީހަކަށެވެ.

އައްޑޫ ސިޓީން ކޮވިޑް ގެ ހާލަތު އެންމެ ގޯސްކޮށް އުޅެނީ ހިތަދޫ އަވަށުންނެވެ. އެގޮތުން ހިތަދޫއިން އެކަނި 97 މީހުން ޕޮޒިޓިވްވެފައިވާއިރު، މަރަދޫގައި ދެމީހުން އަދި ފޭދޫން އެކަކު ޕޮޒިޓިވްވެފައިވެއެވެ

ހިތަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އެ އަވަށް އެއް ހަފްތާގެ މުއްދަތަށް މިހާރު ވަނީ ލޮންޑައުންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ