ޕީޖީ ޙުސައިން ޝަމީމް - ފޮޓޯ: ސަން

ޝަމީމްގެ ޝައުޤުވެރިކަން ސިޔާސީ ދާއިރާއާއި ދުރަށް!

ޕޮރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް މުސްތަޤްބަލުގައި ސިޔާސީ ދާއިރާއަށް ޝައުޤުވެރިކަން ނެތްކަމުގައި އޭނާ ހާމަ ކުރައްވައިފިއެވެ.

ޝަމީމް މިކަން ހާމަ ކުރައްވާފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައެވެ.

މި ބައްދަލު ވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ ސިޔާސީ ދާއިރާއަށް އޭނާގެ ޝައުގުވެރިކަން ނެތްކަމަށާއި، މިހާރު ހުރި މަގާމުން ދުރުވާ ދުވަހެއްގައިވެސް އަނެއްކާ ވެސް ފެންނާނީ ދިފާއީ ވަކީލެއްގެ ގޮތުގައި ނުވަތަ ފޮތް ލިޔާ މީހެއްގެ ގޮތުގައިކަމަށެވެ.

"މި މަގާމުން ދުރުވާ ދުވަހެއްގައި އަނެއްކާ ވެސް ފެންނާނީ ދިފާއީ ވަކީލެއްގެ ގޮތުގައި، ނޫނީ އަޅުގަނޑު އުޅޭނީ ވަރަށް މަސައްކަތުން ފޮތް ލިޔާ މީހެއްގެ ގޮތުގައި" ޝަމީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް އޭނާގެ ކުރިމަގާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި މިވަނީ ނޫސްވެރިން އޭނާއަށް ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުމުގެ ގޮތުންނެވެ.

އެގޮތުން ނޫސްވެރިޔަކު ވަނީ ޝަމީމް ޕީޖީގެ މަޤާމުން ދުރުކޮށްފި ނަމަ ދެން އޭނާ ފެނިގެންދާނީ ކޮންދާއިރާއަކުންތޯ ސުވާލު ކުރައްވާފައެވެ.

ޝަމީމް ސިޔާސީ ދާއިރާއަށް ޝައުޤުވެރިނުވާކަން ހާމަ ކުރައްވާފައި ވާއިރު، އޭނާ މީގެ ކުރިން ވަނީ ޑެޕިއުޓީ ޕޮރޮސެކިއުޓަރ ޖެނެރަލްގެ މަޤާމްވެސް އަދާކުރައްވާފައެވެ. އޭގެ ފަހުން ކޯޓުތަކުގައި އަމިއަލް ގޮތުން ވާކާހާލާތު ކުރައްވަމުން ގެންދަވަނިކޮށް މި ވެރިކަމުގައި އޭނާ ވަނީ ޕީޖީ މަޤާމަށް އައްޔަން ކުރައްވާފައެވެ.

ޝަމީމް ޕީޖީގެ މަޤާމްގައި ހުންނަވާއިރު، ބައެއް މައްސަލަތަކުގައި އޭނާއަށް ވަނީ ބޮޑެތި ފާޑު ކިޔުންތައްވެސް އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ