އްޑޫ ސިޓީ ހިތަދޫ މަތިން ނަގާފައިވާ ފޮޓޯއެއް

އައްޑޫ ސިޓީއިން އިތުރު 9 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީއިން އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ ސިޓީން މިއަދު ފެނުނު ކޭސްތައްވެސް ފެނިފައިވަނީ ހިތަދޫއިންނެވެ. އެގޮތުން އެގޮތުން ހިތަދޫއިން ފެނުނު މި 9 ކޭސްއަކީ ފްލޫ ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވި މީހަކާއި، ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި 7 މީހެއްގެ އިތުރުން ރެންޑަމް ސާމްޕަލްއަކުން ޕޮޒިޓިވްވި މީހެކެވެ.

އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހުސް ދިވެހިންކަމަށްވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތު ދެއެވެ.

އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 117 އެކްޓިވް ކޭސް އަދި މަރަދޫގައި 2 ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 119 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 307 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ