މަސްދޯންޏެއްގެ އިންޖީނު ހުއްޓިގެން ސިފައިން ޙަރަކާތްތެރިވާން ފަށައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ސ.ގަމުގެ 4 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ސަދާން އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންއިން އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.
މަސްވެރިންކަން ކުރަނިކޮށް އިންޖީން ހުއްޓިފައިވަނީ "އޯކިޑު 707" އެވެ. އަދި "ވާލި 08" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ކަފު ޖަހައިގެން އިންޖީން ހުއްޓުނު "އޯކިޑު 707" ދޯނި ސ. މީދޫ ބަނދަރަށް ވެއްދުމަށްޓަކައި މިހާރު ދަތުރުކުރަމުންދާކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.
S.Gamuge 4 NM beyrun masverikan kuramun dhiya "Orchid 707" dhoaneege engine huttigen MNDF SA CG Squadron in eheetherikan foarukohdheyn fashaifi. Engine huttunu dhoani "Vaali 08" dhoanygai kafu jahaigen S. Meedhoo bandharah vehdhumah dhany dhathuru kuramun. pic.twitter.com/UIIVKqwOMj
— Maldives National Defence Force (@MNDF_Official) June 20, 2021




