ޕާޓްނާޝިޕް ފޯރަމްގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ

އޭޑީބީން 11 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ކްރޮސް ބޯޑާ ކޮންޓްރޯލަށް ބޭނުންވާ ހައި ޓެކް ސިސްޓަމް ގާއިމުކުރުމަށް 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) ގެ އެހީއެއް ރާއްޖެއަށް ދީފިއެވެ.

އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް މަސާޓޯ ނަކާނޭ ވިދާޅުވީ، މުދާ ކްލިއާ ކުރުމުގައި ހޭދަވާ ވަގުތު ހައި ޓެކް ސިސްޓަމެއްގެ ސަބަބުން ކުޑަވެ، މުދަލުގެ އަގު ހެޔޮވެގެންދާނެ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ވިޔަފާރީގެ މާހައުލު ފުޅާވެ، ރާއްޖޭގެ ކައިރި ގައުމުތައް ކަމުގައިވާ ސްރީ ލަންކާ އާއި އިންޑިއާއާ އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފަސޭހަ ވެގެންދާނެއެވެ.

2023 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުއަށް 11.99 މިލިއަން ހަރަދުވާ އިރު އެ މަޝްރޫއު އަށް ސަރުކާރުން 1.99 މިލިއަން ޑޮލަރު ހޭދަކުރާނެއެވެ. އޭޑީބީގެ މި އެހީގެ ތެރޭގައި ހިމެނެނީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ފަސް މިލިއަން ޑޮލަރުގެ ލޯނަކާއި ފަސް މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ފައިސާއެވެ.

އޭޑީބީން މި އަހަރާއި އަންނަ އަހަރަށް ރާއްޖެ އަށް 31 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ކަނޑައަޅާފައިވާއިރު، މިހާރު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި މިކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ސޮއިކުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ