ޕާޓްނާޝިޕް ފޯރަމްގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ

އެމްއެންޑީއެފަށް ޖަޕާނުން 4.5 މިލިއަން ޑޮލަރު ދީފި

އެމްއެންޑީއެފްގެ ހިދުމަތްތައް ފުޅާ ކުރުމަށް ޖަޕާނު ސަރުކާރާއެކު 4.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

"އިކޮނޮމިކް އެންޑް ސޯޝަލް ޑެވެލޮޕްމަންޓް" ޕްރޮގްރާމުގެ ދަށުން އެމްއެންޑީއެފަށް އަލިފާން ނިއްވާ ބޯޓަކާއި ލޭންޑިން ކްރާފްޓެއް ހޯދުމަށް ހިލޭ އެހީ ދިނުމުގެ ގޮތުންވި މި އެއްބަސްވުމުގައި ސޮއި ކުރެއްވީި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކީކޯ ޔަނައިއެވެ.

ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ބުނީ މި އެއްބަސްވުމުގެ ސަބަބުން އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ ދިފާއީ ބާރުތަކުގެ މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށެވެ.

ކުރުނބާ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ ޕާޓްނާޝިޕް ފޯރަމްގެ ތެރެއިން އިތުރު ދާއިރާތަކުންވެސް އެހީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު، އޭޑީބީ އެކު 10 މިލިއަން ޑޮލަރު އަދި އީޔޫއާއެކު ފަސް މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް