މެދުރާއްޖެތެރޭގެ ރަށްތަކަށް އުދަ އަރާފާނެކަމުގެ އިންޒާރު މޫސުމާބެހޭ ޤައުމީ އިދާރާ. މެޓް އޮފީހުން ދީފިއެވެ.
މެޓް އޮފީހުން ދާދި ދެންމެ މެރުއްވި ވައިޓް އެލާޓްގައި ވިދާޅުވީ، މިއަދު މެންދުރު 01:00 އާއި ހަވީރު 04:00 އާ ދެމެދުގެ ވަގުތުތަކުގައި މެދުރާއްޖެތެރޭގެ ރަށްތަކަށް އުދަ އެރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.
White Alert for Swell Wave surges. pic.twitter.com/YQX00KuumV
— Maldives Meteorology (@MetMaldives) June 17, 2019
ކުރިއަށް އޮތްބ 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށެވެ.
އިރުދެކުނާއި ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ.
މެދުރާއްޖެތެރެއަށް އުދަ އަރާފާނެކަމުގެ އިންޒާރު ދިންއިރު، ވޭތުވެދިޔަ ތިން ދުވަހުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރާފައިވެއެވެ.




