ފޮޓޯ: ތިލަދުން

ޖޫރިމަނާކުރިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: މިނިސްޓަރ ނަހުލާ

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވުމުގެ ސަބަބުން ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޖޫރިމަނާ ކުރިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ޤައުމުން ބޭރަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި ވަޑައިގެން އެޗްޕީއެގެ އުސޫލާއި ހިލާފަށް ބޭރުގައި އުޅުއްވުމުގެ ސަބަބުން މިނިސްޓަރ ނަހުލާ ޖޫރިމަނާކޮށްފައިވާކަމުގެ އަޑުތަކެއް މީޑިއާގައި ފެތުރިފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނަހުލާ ވިދާޅުވީ އެޗްޕީއޭގެ އެއްވެސް އުސޫލަކާ ހިލާފުވެފައި ނުވާނެ ކަމަށާއި ޖޫރިމަނާ ކުރި ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ދޮގު އަދި ބަދުނާމު ކުރުމުގެ ނިޔަތުގައި ފަތުރާ ވާހަކަތަކެއް ކަމަށެވެ.

މިނިސްޓަރ ނަހުލާ ކަރަންޓީނު އުސޫލާއި ޚިލާފަށް ރެސްޓޯރެންޓެއްގައި އިންނަވަނިކޮށްކަމަށާއި އަދި އެކަމާއި ގުޅިގެން އެކަމަނާ އެކަމަނާ ޖޫރިމަނާ ކުރިކަމަށް ބުނެ މީސްމީޑިއާ އާއި މީޑިއާގައި ފަތުރާ ވާހަކަތަކުގައި އަސްލެއް ނެތްކަން ފާހަގަކޮށް ނަހުލާ ވިދާޅުވީ ކަރަންޓީން އުސޫލާއި ހިލާފަށް ރެސްޓޯރެންޓެއްގައި ހުންނެވިކަމަށް ވާހަކަތައް ފަތުރާއިރު، އެޗްޕީއޭގެ ފިޔަވަޅުތަކާއެކު ރެސްޓޯރެންޓުތައް ހުރީ ބަންދުވެސްކޮށްފައިކަމަށެވެ.

ނަހުލާ އިތުރަށް ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަނީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހިނގާ ނުރަނގަޅު ކަންކަމާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރައްވާތީ އެކަމާއި މެދު ހިތްހަމަނުޖެހިގެންކަމަށާއި، އަދި ދޮގު ވާހަކަތައް ފަތުރައި، ބަދުނާމު އެޅުވިނަމަވެސް ކުރައްވާ މަސައްކަތްޕުޅަށް ހުއްޓުމެއް ނާންނާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ