ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ ރީތިކަމާހުރެ، އެކަމަނާއަށް ނިސްބަތްކޮށް އެއްޗެކޭ ވިދާޅުވާން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިރުގަންނަ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިހެން ވިދާޅުވެފައި މިވަނީ، ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ މީހަކަށް މިނިސްޓަރު ނަހުލާ ފައިނޭންސް ކުރި ކަމުގެ ތުހުމަތު ފެންމަތިވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
މުސްތަފާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިނިސްޓަރު ނަހުލާގެ ރީތިކަމާހުރެ އެކަމަނާއަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ވިދާޅުވާން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނަވަނީ ބިރުން ކަމަށާއި، ނަމަވެސް އެކަމަނާއަށް ވުރެ "މާތީރި އަބުރުވެރި ކަނބަލުން ރާއްޖޭގައި އެބަތިބި" ކަމަށެވެ.
" ބަލަ މަޖިލިސް ރައީސް. ނަހުލާއަށްވުރެ މާ ރީތި މާ އިއްފަތްތެރި ކުދިން ރާއްޖޭގަ އެބަތިބި، މިނިސްޓަރުކަން ދޭންވެސް މާ ރަނގަޅުވާނެ.." މުސްތަފާ ވިދާޅުވިއެވެ.
Bala “Majilis Raees” Nahlaa ah vure maa reethi maa ihfaiytheri kudhin Raajjeyge a ba thibi minister kan dheyn ves maa rangalhu vaane..
— Mohamed Musthafa (@Thimarafushi) March 10, 2021
ޓެރަރިސްޓަކަށް މިނިސްޓަރު ނަހުލާ ފައިނޭންސް ކުރިކަމަށްބުނާ ވާހަކަތަކެއް މިއަދު ފެންމަތިވީނަމަވެސް އެކަމަނާ ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި އެއީ ފިތުނަ އުފައްދަން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.
ހިޔާލު
Vvvreethi