އައްޑޫ ސިޓީއިން މިއަދުވެސް 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ ސިޓީއިން މިއަދު ފެނުނު 7 ކޭސްވެސް ފެނިފައިވަނީ ހިތަދޫއިންނެވެ. އެގޮތުން ހިތަދޫއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި މީހުންގެ ތެރެއިން ޕޮޒިޓިވްވި 6 މީހަކާއި ރެންޑަމް ސަރވެއިލެންސަށް ނެގި ސާމްޕަލްއަކުން ޕޮޒިޓިވްވި މީހެކެވެ.
އައްޑޫ ސިޓީން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ ހިތަދޫންއިންނެވެ. އެގޮތުން ހިތަދޫގައި މިވަގުތުވެސް ސަތޭކައަށްވުރެ ގިނަ އެކްޓިވް ކޭސް ހުރިކަން ފާހަގަކޮށްލެވެއެވެ. ކޮވިޑްގެ ޙާލަތު ހިތަދޫގައި ގޯސްވަމުންދާތީ، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެރަށުގައި ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅާފައެވެ.
މިއަދު އެސިޓީން ފެނުނު އިތުރު 7 ކޭސްއާއެކު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 446 އަށް އަރާފައެވެ.
Addu City Covid-19 case status as of 23rd June 2021, 18:00Hrs.#StayHome #WashYourHands #WearAMask pic.twitter.com/ThlyKxUlwH
— Addu Emergency Operations Center (@EOCaddu) June 23, 2021
އަދި އެސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ބަލިން މިހާރު ރަނގަޅުވެފައިވާއިރު، މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.



