އައްޑޫ ސިޓީއިން އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ ސިޓީއިން މިއަދު ފެނުނު ކޭސްތައް ފެނިފައިވަނީ ހިތަދޫއިންނާއި މަރަދޫއިންނެވެ. އެގޮތުން ހިތަދޫއިން މިއަދު 3 ކޭސްއެއް ފެނިފައިވާއިރު، އެރަށުން ޕޮޒިޓިވްވި ތިން މީހުންނަކީވެސް ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި ތިން މީހުންނެވެ. އަދި މަރަދޫއިން ޕޮޒިޓިވްވި 3 މީހުންގެ ތެރޭގައި ހިމެނެނީ ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި ދެ މީހަކާއި ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.
Addu City Covid-19 case status as of 27th June 2021, 18:00Hrs.#StayHome #WashYourHands #WearAMask pic.twitter.com/LgqFv7IQKM
— Addu Emergency Operations Center (@EOCaddu) June 27, 2021
އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 122 އެކްޓިވް ކޭސް އަދި މަރަދޫގައި 7 ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 129 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 333 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.
ކޮވިޑް-19 އަދާހަމަ, 27 ޖޫން 18:00 ގެ ނިޔަލައް!#StayHome #WashYourHands #WearAMask pic.twitter.com/tpCeDtpRcO
— Addu Emergency Operations Center (@EOCaddu) June 27, 2021



