އޭޝިއާގެ އެންމެ މޮޅު ޕޭމެންޓް އެޕްލިކޭޝަންއަކަށް އުރީދޫގެ އެމް-ފައިސާ

އޭޝިއާގެ އެންމެ މޮޅު ޕޭމެންޓް އެޕްލިކޭޝަންއަކަށް އުރީދޫގެ އެމް-ފައިސާ ވެއްޖެއެވެ.

އެކަން ފާހަގަކޮށް އުރީދޫ އެމް-ފައިސާ އަށް ޓެލެކޮމް އޭޝިއާގެ "މޯސްޓް އިނޮވޭޓިވް މޯބައިލް ޕޭމެންޓް އެޕްލިކޭޝަން" އެވޯޑު ދީފައިވާއިރު މިއެވޯޑު އުރީދޫ އަށް ލިބުނީ ޓެލެކޮމް އޭޝިއާ 2019ގައެވެ.

22 އަހަރު ކުރިން ފަށާފައިވާ ޓެލެކޮމް އޭޝިއާ އެވޯރޑަކީ، ޓެލެކޮމް ދާއިރާ އަށް ޚާއްޞަކޮށްގެން މި ސަރަޙައްދުގައި ކުރިއަށްގެންދާ އެންމެ ދުވަސްވީ އަދި އެންމެ ފަޚުރުވެރި އެއް އެވޯރޑެވެ.

އެމް-ފައިސާއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ އެޕްލިކޭޝަންއަކަށްވާއިރު މިއެޕްގެ ޒަރީއާއިން ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން ޓްރާންސްފާ ކުރުމާއި ވިޔަފާރި ކުރުން ފަދަ ހިދުމަތްތައް ކުރެވެއެވެ.

ރައްޔިތުންނަށް އެތަށް ފަސޭހަކޮށްދިން މިއެޕްލިކޭޝަން މެދުވެރިކޮށް އެކި ޚިދުމަތްތަކުގެ ބިލް ދައްކާލުމުކީ މާއުނދަގޫ ކަމެއް ނޫނެވެ.

ޓެލެކޮމް އޭޝިއާ އެވޯރޑް 2019 ގައި މީގެ އިތުރުންވެސް އުރީދޫ އަށް ވަނީ މުހިއްމު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިގޮތުން އޭޝިއާގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގައި އުފެއްދުންތެރިކަމަށް ފާހަގަ ކުރެވޭ ކުންފުނިތަކުގެ އަގު ވަޒަން ކުރާ މި އެވޯރޑުގައި ތިން ކެޓަގަރީއަކަށް އުރީދޫ ނޮމިނޭޓްވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ "ބެސްޓު އިމާޖިން މާކެޓް އޮޕަރޭޓާ" އެވޯޑާއި "މޯސްޓް އިނޮވޭޓިވް ކޮމިއުނިޓީ ޓެލެކޮމް ޕްރޮޖެކްޓް" އެވޯޑުގެ އިތުރުން "މޮސްޓް އިނޮވޭޓިވް ސޯޝަލް މީޑިއާ ސްޓްރެޓެޖީ" އެވޯޑެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ މިއެވޯޑާއެކު އިތުރު ހިތްވަރެއް ލިބިއްޖެކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ރާއްޖެ އަކަށް އެއްބާރުލުންދީ ކަސްޓަމަރުންގެ ޙަޔާތަށް އިތުރު ފާގަތިކަން ގެނެސްދޭ ޚިދުމަތްތަކާއި ޓެކްނޮލޮޖީތައް ފޯރުކޮށްދިނުމަށް އުރީދޫއިން މަސައްކަތް ކުރާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް