"އާ ފެށުމަކަށް"، ޝިފާ ބުރުގާ އަޅައިފި!

ގިނަ ބައެއްގެ ސަމާލުކަމާއި މަޤުބޫލުކަން ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް ޝިފާ ބުރުގާ އަޅައިފިއެވެ.

ޝިފާ ބުރުގާ އެޅިކަން ހާމަކުރީ އޭނަގެ އިންސްޓަގްރަމް ސްޓޯރީގައި ހިއްސާކުރި ޕޯސްޓަކާއެކުއެވެ. ބުރުގައި އަޅައިގެން ހުރި ފޯޓޯއެއް ހިއްސާކޮށް، ޝިފާ ބުނީ މިއީ "އާ ފެށުމެެއް" ކަމަށެވެ.

ޓިކްޓޮކް އިން އެންމެ ފުރަތަމަ މަޝްހޫރުކަން ހޯދި، ޝިފާ މިއީ ބުރުގާ އެޅި ދެވަނަ ފަހަރެވެ. ޓިކްޓޮކަށާއި ފިލްމީދާއިރާއަށް ނުކުމެ އާއްމުންގެ ތެރެއަށް މަޝްހޫރުވުމުގެ ކުރިން، މޯލްޑިވިއަން އައިޑަލްގައިވެސް ބައިވެރިވެފައިވާ ޝިފާ އޭރު ފެނިގެންދިޔަ އިރު ހުރީ ބުރުގާ އަޅައިގެންނެވެ.

ޝިފާ ބުރުގާ އެޅުމުން މީހުން އަންނަނީ އޭނައަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން މީހުން ފޮނުވާފައިވާ މަރުހަބާގެ މެސެޖުތައް ޝިފާ ވަނީ އޭނަގެ އިންސްޓަގްރަމް ސްޓޯރީގައި ހިއްސާކޮށްފައެވެ.

ފިލްމީ ދާއިރާއަށް ނިކުތްތާ ކުޑަ ދުވަސްކޮޅެއްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައިވާ މި ތަރިއަކީ، ފިލްމްތަކާއި، ލަވަ އަދި ޑްރާމާ ތަކުގައިވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން ޝިފާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، ފިލްމް "40 ޕްލަސް" ގައި އޭނަ އަދާކޮށްފައިވާ ރޯލެވެ.

ޔޫއްޕެގެ ފިލްމް "ދެވަންސޫރަ" އިން ފިލްމީ ދާއިރާއަށް ނުކުތް ޝިފާ، ވަނީ ބައިސްކޯފުން ގެނެސްދޭ ވެބް ސީރީޒް "ހުވާ ކޮށްފާ ބުނަން"ގައިވެސް މުހިއްމު ރޯލެއް އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
43211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ