ރެފިއުޖީން ގޮވައިގެން ދަތުރުކުރި ބޯޓެއް ފެތި 43 މީހުން މަރުވެއްޖެ

ރެފިއުޖީން ގޮވައިގެން ދަތުރުކުރި ބޯޓެއް ޓިއުނޭޝިއާ ކައިރިއަށް އަޑިއަށްގޮސް އޭގެން ދަތުރުކުރި މީހުންގެ ތެރެއިން 43 މީހުން ކަނޑުވެގެން މަރުވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި ބޯޓަކީ ލީބިއާއިން ފުރައިގެން މެޑިޓެރޭނިއަމް ކަނޑު ހުރަސްކޮށް ޔޫރަޮޕަށް އެތެރެވުމަށް ދަތުރުކުރަމުން ދިޔަ ބީޓެކެވެ. މި ބޯޓުގައި މިސްރު، ސޫދާން، ބަންގުލަދޭޝް، އަދި ލީބިޔާއަށް ނިސްބަތްވާ މީހުން ތިބިކަމަށް މައުލޫމާތު ލިބެއެވެ.

ޓިއުނޭޝިއާގެ ރެޑްކުރެސެންޓުން މައުލޫމާތުދޭގޮތުގައި ކަނޑުވި ބޯޓުން 84 މީހަކު ޓިއުނޭޝިއާގެ ނޭވީއިންވަނީ ސަލާމަތްކޮށްފައެވެ. މި މީހުންނަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށްވެސް ޓިއުނޭޝިއާގެ ރެޑްކުރެސެންޓުން މައުލޫމާތުދެއެވެ. ހޫނު މޫސުމާއެކު ޔޫރަޕަށް ގަވާއިދާ ހިލާފަށް ހިޖުރަކުރާ ރެފިއުޖީންގެ އަދަދުތައް އައްނަނީ އިތުރުވަމުންކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ޓިއުނޭޝިއާގެ ދިފާއީ ވުޒާރާއިންބުނީ ސަލާމަތްކުރެވުނު މީހުންގެ އުމުރަކީ ތިން އަހަރާއި 40 އަހަރާއި ދެމެދު ކަމަށެވެ. މެޑިޓެރޭނިއަމް ކަނޑުހުރަސްކޮށް ޔޫރަޕަށް ގަވާއިދާ ހިލާފަށް އެތެރެވާ ފަރާތްތައް އާންމުގޮތެއްގައި ދަތުރުފަށަނީ ލީބިއާގެ ބަނދަރު ތަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ