އައްޑޫ ލިންކް ރޯޑް - ފޮޓޯ: ދަ ޓުއަރިސްޓް ޕްލޭސް

އައްޑޫ ސިޓީން މިއަދު 14 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން މިއަދު އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައި އޮތުމަށްފަހު، މިއަދު އިތުރު 14 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އެސިޓީއިން މިއަދު ފެނުނު 14 ކޭސްވެސް ފެނިފައިވަނީ ހިތަދޫއިންނެވެ.

އެގޮތުން ހިތަދޫއިން ފެނުނު މި 14 ކޭސްގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި 3 މީހަކާއި ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި 11 މީހުންނެވެ.

ހިތަދޫ އިން އަނެއްކާވެސް ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިމިވަނީ، ކޮވިޑާއި ގުޅިގެން ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ކާފިއު ގަޑި ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކުރު ކޮށްފައިވާއިރު، ޖަމާއަތް ނުހަދާ ނަމާދުކުރުމަށް މިސްކިތްތައްވެސްވަނީ ހުޅުވާލާފައެވެ.

އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގެ އިތުރުން ދެން ކޮވިޑްގެ އެކްޓިވް ކޭސްތައް އުޅެނީ މަރަދޫގައެވެ. އައްޑޫ ސިޓީގައި މިވަގުތު ކޮވިޑްގެ ސަތޭކައަށްވުރެ ގިނަ އެކްޓިވް ކޭސް ހުރިއިރު، އެސިޓީގެ ތިންސަތޭކައަށްވުރެ ގިނ މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ