ރެވެނިއު ސްޓޭމްޕް އުވާލަން މަޖިލީހުން ފާސްކޮށްފި

ރަސްމީ ލިޔުންތަކުގައި ބޭނުން ކުރަމުން އަންނަ ރެވެނިއު ސްޓޭމްޕް އުވާލުމަށް ހުށައަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމަށް މަޖިލީހަށް ހުށައަޅާފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަލީ އާޒިމެވެ.

އަލީ އާޒިމް ހުށައަޅުއްވާފައިވާ މި ބިލުގައި ބުނެފައިވަނީ، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ހަރަދަށް ބަލާއިރު ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށެވެ.

މި ބިލަކީ ދައުލަތުގެ އާމަދަނީއަށް އަސަރުކުރާ ބިލެއް ކަމަށްވުމާއެކު، މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ދިރާސާކޮސް ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލަން ފެންނަ ކަމަށް ނިންމާފައިވެއެވެ.

އެ ކޮމެޓީން މި ގޮތަށް ނިންމާފައި ވަނީ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލުމަށް އެ ޤާނޫނު އުވާލަން މަޖިލީިހަށް ހުށައަޅާފައިވާ ބިލް ދިރާސާ ކުރުމަށްފަހު އެ ގާނޫނުގެ ސަބަބުން އާންމުން އަދި ވިޔަފާރިތަކަށް ވެސް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް ބުނެއެވެ.

އެގޮތުން ރެވެނިއު ސްޓޭމްޕް ޖެހުމުގައި އަމަލު ކުރަމުން އަންނަ ގާނޫނަކީ 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނެއްކަމަށާއި އަދި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް ހިނގާ ހަރަދާއި އަޅާބަލާ އިރު މިކަމުން ލިބޭ އާމްދަނީ އެކަށީގެން ނުވާކަމަށް ވަނީ ވިދާޅުވެފައެވެ.

ރެވެނިއު ސްޓޭމްޕް އުވާލުމަށް ހުށައަޅާފައިވާ ބިލު ފާސްކޮށްފައިވަނީ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ