އައްޑޫ ސިޓީއިން އިތުރު 8 މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީއިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ ސިޓީއިން މިއަދު ފެނުނު ކޭސްތައް ފެނިފައިވަނީ ހިތަދޫއިންނާއި މަރަދޫއިންނެވެ. އެގޮތުން ހިތަދޫއިން މިއަދު 7 ކޭސްއެއް ފެނިފައިވާއިރު، އެރަށުން ޕޮޒިޓިވްވި ހަތް މީހުންނަކީވެސް ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި ތިން މީހުންނެވެ. އަދި މަރަދޫއިން ޕޮޒިޓިވްވި މީހަކީވެސް ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި މީހެކެވެ.

ގެތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި ބިދޭސީއެކެވެ.

އައްޑޫ ސިޓީގައި މިވަގުތު ހުރި ޕޮޒިޓިވް ކޭސްތަކަށް ބަލާލާއިރު، ހިތަދޫގައި މިވަގުތު ކޮވިޑްގެ 55 އެކްޓިވް ކޭސް އަދި މަރަދޫގައި 8 ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 63 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 427 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ