އައްޑޫ ސިޓީއިން މިއަދުވެސް 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ ސިޓީއިން މިއަދު ފެނުނު 7 ކޭސްވެސް ފެނިފައިވަނީ ހިތަދޫއިންނެވެ. އެގޮތުން ހިތަދޫއިން މިއަދު ފެނުނު ހަތް ކޭސްގެ ތެރޭގައި ހިމެނެނީ ކުރީގެ ކޭސްއަކާއި ގުޅިގެން ޑައިރެކް ކޮންޓެކްޓުންގެ ގޮތުގައި ހުރި 5 މީހަކާއި ރެންޑޮމް ސަވެއިލަންސް ސާމްޕަލްއަކުން ޕޮޒިޓިވްވި 2 މީހުންނެވެ.
މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކާއެކު ހިތަދޫގައި މިވަގުތު ކޮވިޑްގެ 57 އެކްޓިވް ކޭސް އެބަހުއްޓެވެ. ހިތަދޫގެ އިތުރުން ދެން އެކްޓިވް ކޭސް އުޅެނީ އެސިޓީގެ މަރަދޫގައެވެ. އެގޮތުން މަރަދޫގައި 6 ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
Addu City Covid-19 case status as of 06th July 2021, 18:00Hrs.#StayHome #WashYourHands #WearAMask pic.twitter.com/He39iS9rJx
— Addu Emergency Operations Center (@EOCaddu) July 6, 2021
އަދި އައްޑޫ ސިޓީގައި މިވަގުތު ކޮވިޑްގެ އެކްޓިވް 63 ކޭސް އެސިޓީގައި ހުރިއިރު، އެސިޓީގެ 434 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.
ކޮވިޑް-19 އަދާހަމަ 06 ޖުލައި 18:00 ގެ ނިޔަލައް!#StayHome #WashYourHands #WearAMask pic.twitter.com/FWQ8u4360r
— Addu Emergency Operations Center (@EOCaddu) July 6, 2021




