އަލްހަމްދުލިﷲ، އައްޑޫ ސިޓީއިން މީހަކު ކޮވިޑަށް ޕޮޒިޓިވް ނުވާ ދުވަހެއް!

އައްޑޫ ސިޓީ އިން އެއްވެސް މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

އަދި އީ ކޮވިޑްގެ ކޭސްތައް އައްޑޫ އިން ފެންނަން ފެށިފަހުން މީހަކު ޕޮޒިޓިވް ނުވެދިޔަ ދެވަނަ ދުވަހެވެ. މިދިޔަ ޖޫންމަހުގެ 9 ވަނަ ދުވަހުވެއް އެސިޓީން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަނުވާކަަށް އޭއީއެޗުންވަނީ ހާމަކޮށްފައެވެ.

އެސިޓީީން މިއަދު އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިނުވާއިރު، އިއްޔެވެސް އެސިޓީން 7 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެކުރިން ދުވަހު 8 މީހަކު ޕޮޒިޓިވްވެފައިވާއިރު، މީގެ 3 ދުވަސްކުރިން އެސިޓީން އެއްދުވަހާ 14 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެހްނެކަމުން މިއަދު މިފެންނަނީ އައްޑޫ ސިޓީގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާކަމުގެ އުފާވެރި ނިޝާނެއްކަމަށް ޤަބޫލުކުރެވެއެވެ.

އައްޑޫ ސިޓީއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 499 އެކެވެ. އެސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 430 އަށްވުރެ ގިނަ މީހުން ބަލިން މިހާރު ރަނގަޅުވެފައިވާއިރު، މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގައި ކަމަށްވާއިރު ދާދިފަހުން ވަނީ ހިތަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ކާފިއު ގަޑި ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކުރު ކޮށްފައިވާއިރު، ޖަމާއަތް ނުހަދާ ނަމާދުކުރުމަށް މިސްކިތްތައްވެސްވަނީ ހުޅުވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ