އައްޑޫ ސިޓީއިން ޕޮޒިޓިވްވި މީހުންގެ އަދަދު 500 އަށް!

އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 500 އަށް އަރައިފިއެވެ.

އައްޑޫ ސިޓީއިން ޕޮޒިޓިވްވި މީހުންގެ 500 އަށް އަރާފައިވާއިރު، މިއަދު އެސިޓީން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ. އެއީ ހިތަދޫ ހޯމްކަރަންޓީނުގައި ހުރި މީހެކެވެ. އަދި އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގައިއެވެ. އެގޮތުން މިއަދު ފެނުނު ޕޮޒިޓިވް ކޭސްތަކާއެކު ހިތަދޫގައި މިވަގުތު ކޮވިޑްގެ 47 އެކްޓިވް ކޭސް އެބަހުއްޓެވެ. ހިތަދޫގެ އިތުރުން ދެން އެކްޓިވް ކޭސް އުޅެނީ އެސިޓީގެ މަރަދޫގައެވެ. މަރަދޫގައި ޕޮޒިޓިވް 6 ކޭސް އުޅޭ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

އައްޑޫއިން މިއަދު ކޮވިޑްގެ 1 ކޭސް ފެނިފައިވާއިރު، އިއްޔެއަކީ އެސިޓީން ކޮވިޑްގެ ކޭސްއެއް ފެނިފައިނުވާ ދުވަހެކެވެ. އެސިޓީއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށިފަހުން މީހަކު ޕޮޒިޓިވް ނުވެ އަދިދިޔައީ އެންމެ ދެދުވަހެވެ. އެއީ އިއްޔެއާއި މިދިޔަ ޖޫންމަހުގެ 9 ވަނަ ދުވަހެވެ.

އަދި އައްޑޫ ސިޓީގައި މިވަގުތު ކޮވިޑްގެ އެކްޓިވް 53 ކޭސް ހުރިއިރު، އެސިޓީ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 500 އެކެވެ. އެސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 440 އަށްވުރެ ގިނަ މީހުން ބަލިން މިހާރު ރަނގަޅުވެފައިވާއިރު، މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ