އޮލިމްޕިކް މުބާރާތް ކުރިއަށްދާނީ ބެލުންތެރިންނާއި ނުލައި

ކޮވިޑް-19 ކޭސްތައް ޖަޕާނުގައި އިތުރުވާން ފެށުމާއި ގުޅިގެން އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ކުޅިވަރު މުބާރާތް ބެލުންތެރިން ނުވައްދާ ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އޮލިމްޕިކްސް މިނިސްޓަރ ތަމަޔޯ މަރްކަވާ މިކަން ހާމަކޮށްފައިވަނީ އޮލިމްޕިކްސް މުބާރާތް އިންތިޒާމް ކުރުމުގައި އުޅޭ ފަރާތްތަކާއި އޮފިޝަލުންނާއެކު މިއަދު ކުރިއަށްދިޔަ ބައްދަލުވުމަކަށް ފަހުއެވެ. މީގެއިތުރުން މުބާރާތް ކުރިއަށްދާ މުއްދަތުގައި ޓޯކިޔޯގައި ކުއްލިހާލަތު އިއުލާން ކުރުމަށްވެސްވަނީ މިއަދު ނިންމައިފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދީ ސުގާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖުލައި 12 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 22 ވަނަ ދުވަހުގެ ނިޔަލަށް ވެރިރަށް ޓޯކިޔޯގައި ކުއްލިހާލަތު ދަމަހައްޓާނެ ކަމަށެވެ.

ޓޯކިޔޯ 2020 އޮލިމްޕިކްސް މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޖުލައި 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޓޯކިޔޯ ހިމެނޭ ގޮތުން ޖަޕާނުގައި ކޮވިޑް-19 ފެތުރޭ މިންވަރު އައްނަނީ އިތުރުވަމުންނެވެ. މިއާއެކު މުބާރާތާއި ދެކޮޅު އަޑުތައްވެސް އައްނަނީ ގަދަވަމުންނެވެ. މިގޮތުން އޮލިމްޕިކްސް މުބާރާތް ބާއްވާ ތާރީހް ފަސްކުރުމަށް ނުވަތަ ނުބޭއްވުމަށްއެދި ގިނަ ފަރާތްތަކަކުން އައްނަނީ އަޑު އުފުލަމުންނެވެ.

ޖަޕާނުން އިއްޔެ 2،180 ކޮވިޑް ކޭސް ރިޕޯޓު ކުރި އޭގެ ތެރެއިން 920 މީހުން ޕޮޒިޓިވްވީ ޓޯކިޔޯއިންނެވެ. އެއީ މެއި 13އިގެ ފަހުން ޓޯކިޔޯގެ ކޭސްތައް އެހާ ވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ