ކޮވިޑުގެ ބިރަށް އުތުރު ކޮރެއާއިން އޮލިމްޕިކްސްގައި ބައިވެރިނުވާން ނިންމައިފި

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޓޯކިޔޯ އޮލިމްޕިކްސް" ގައި ބައިވެރި ނުވާނެކަން އުތުރު ކޮރެއާއިން ހާމަކޮށްފިއެވެ.

އުތުރު ކޮރެއާއިންބުނީ، އެގައުމުން އޮލިމްޕިކްސް މުބާރާތުގައި ބައިވެރިނުވާން ނިންމީ އެގައުމުގެ އެތުލީޓުން ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ.

އުތުރު ކޮރެއާއިން ހާމަކުރާ ގޮތުގައި މިހާތަނަށް އެގައުމުން ކޮވިޑް-19ގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މިއީ ވުން ވަރަށް ނާދިރު ކަމެކެވެ.

"ޓޯކިޔޯ އޮލިމްޕިކްސް" ގައި ބައިވެރި ނުވާނެކަން އުތުރު ކޮރެއާއިން ހާމަކުރުމާއެކު އުތުރު ކޮރެއާ ވެގެން ގޮސްފައިވަނީ މި މުބާރާތުގައި ބައިވެރި ނުވާނެކަން ހާމަކުރި ފުރަތަމަ ގައުމަށެވެ. "ޓޯކިޔޯ އޮލިމްޕިކްސް" މުބާރާތަކީ މިދިޔައަހަރު ބޭއްވުމަށް ތާވަލްކުރި މުބާރާތެކެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މި މުބާރާތްވަނީ މިއަހަރުގެ ޖުލައިމަހަށް ފަސްކޮށްފައެވެ.

އުތުރު ކޮރެއާއިން 1988 ވަނަ އަހަރުން ފެށިގެން އޮލިމްޕިކްސް ހުރިހާ މުބާރާތެއްގައި އައްނަނީ ބައިވެރިވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ