ނެދަލެންޓުގެ މައްޝޫރު ނޫސްވެރިއަކު ބަޑިޖަހައި މަރާލައިފި

ނެދަލެންޑުގެ މައްޝޫރު ކުރައިމް ރިޕޯޓަރެއް ކަމަށްވާ ޕީޓަރ އާރް ޑިވްރީސް އަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.

ޕީޓަރ އާރް ޑިވްރީސް މަރުވެފައިވަނީ މީގެ ނުވަދުވަސްކުރިން އެމްސްޓަރޑާމްގައި ހުންނަ ޓީވީ ސްޓޫޑިއޯއަކުން ނިކުތްތާ މާގިނައިރުތަކެއް ނުވަނީސް ބަޑިން ބޮލަށް ދިން ހަމަލާއެއްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ހަމަލާދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ދެމީހުން ހައްޔަރުކޮށްފައި ވެއެވެ. އުމުރުން 64 އަހަރުގެ ޕީޓަރ އާރް ޑިވްރީސް މައްޝޫރުވެފައިވަނީ އެކިއެކި ބޮޑެތި ކުއްވެރިންނާއި އަދި މަސްތުވާތަކެތި ވިއްކާ ބޮޑުންނާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ތަހުގީގީ ރިޕޯޓުތަކުގެ ސަބަބުންނެވެ.

އާއިލާގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕީޓަރ އާރް ޑިވްރީސް އެންމެ ފަހުވަގުތާ ޖެހެންދެން މަރާއި ހަނގުރާމަ ކޮށްފައިވާ ކަމަށެވެ. އަދި ޕީޓަރ އާރް ޑިވްރީސް މަރުވިއިރު އޭނާ އެންމެ ލޯބިވާ ފަރާތްތައް ކައިރީގައި ތިބިކަމަށެވެ. އާއިލާގެ ފާރަތުންވަނީ މިދަނޑިވަޅުގައި އާއިލާހެ ހާލަތު ދެނެގަނެ ވަގުތު ދިނުމަށްވެސް އެދިފައެވެ.

ނެދަލެންޑުގެ ބޮޑުވަޒީރު މާރކް ރިޓާ ވިދާޅުވެފައިވަނީ، ވަކިވެގެންދިޔަ ނޫސްވެރިއާއެކީ އެއްވެސް ކަމެއް އަދި އެއްވެސް މީހެއް ދެކެވެސް ޖެހުލުން ނުވާ ޖެހިލުންކުޑަ ނޫސްވެރިއެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ