ނެދަލެންޑް ބަލިކޮށް އިޓަލީ ގްރޫޕްގެ އެއްވަނައަށް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ނެދަލެންޑް ބަލިކޮށް އިޓަލީއިން ލީގު އޭގެ ގްރޫޕް އެކެއްގެ ގެ އެއްވަނައަށް އަރައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު އިޓަލީއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖަހާދީފައިވަނީ އިޓަލީގެ ނިކޯލޯ ބަރެއްލާއެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފެނިގެންދިޔަ މިލަނޑަކީ އިމޮބިލޭ ހުރަސްކޮށްދިން ބޯޅައަކުން ބަރެއްލާ ބޮލުން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

މީގެއިތުރުން އިޓަލީގެ ލީޑު ފުޅާކުރުމަށް އެވަޓަންއަށް ކުޅެމުން އަންނަ މޮއިސް ކީންއަށް ލިބުނު ފުރުޞަތުވަނީ ގެއްލުވާލާފައެވެ. އަދި މެޗުގެ ފަހު ވަގުތު ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުޞަތުގައި ނެދަލެންޑުގެ މެމްފިސް ޑިޕޭ ފޮނުވާލި ހިތްގައިމު ވޮލީ ވެސް ދިޔައީ ގޯލާއި އަމާޒުނުވެއެވެ.

މިގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ޕޮލެންޑް އަދި ބޮސްނިއާ ބައްދަލުކޮށްފައިވާއިރު، 2-1 ގެ ނަތީޖާއަކުން އެމެޗު ކާމިޔާބުކޮށް ޕޮލެންޑްވަނީ ގްރޫޕްގެ ދެވަނައަށް ޖެހިލާފައެވެ. ޕޮލެންޑްގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ކަމިލް ގްލިކް އަދި ކަމިލް ގްރޯސިކީއެވެ. ބޮސްނިއާގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދީފައިވަނީ ހަރިސް ހަރަޑިނޮވިޗެވެ.

ކުޅުނު ދެ މެޗުން ލިބުނު 4 ޕޮއިންޓާއެކު އިޓަލީގެ ގްރޫޕްގެ އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތް ޕޮލެންޑަށާއި ތިންވަނާގައި އޮތް ނެދަލެންޑަށް ލިބިފައިވަނީ ދެ މެޗުން ތިން ޕޮއިންޓެވެ. ފުލުގައި ބޮސްނިއާ އޮތީ އެންމެ ޕޮއިންޓަކާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ