އައްޑޫ ސިޓީއިން އިތުރު 3 މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީއިން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި މިއަދު އެސިޓީއިން ފެނުނު 3 ކޭސްވެސް ފެނިފައިވަނީ މަރަދޫއިންނެވެ. އެގޮތުން މަރަދޫން ފެނުނު 3 ކޭސްއަކީވެސް ޑައިރެކްޓް ކޮންޓެކްޓުންނެވެ.

އައްޑޫ ސިޓީއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 8 މީހެކެވެ. އޭގެތެރެއިން 2 ކޭސް ފެނިފައިވަނީ ހިތަދޫއިންނެވެ. އަދި އަނެއް 6 ކޭސް ފެނިފައިވަނީ މަރަދޫއިންނެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގައެވެ. ހިތަދޫގައި މިވަގުތު 43 އުޅޭއިރު، މަރަދޫގައި 29 ކޭސް އަދި މަރަދޫފޭދޫގައި 3 ކޭސް އުޅޭކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢުލޫމާތުދެއެވެ.

އައްޑޫ ސިޓީގައި މިވަގުތު ކޮވިޑްގެ އެކްޓިވް 75 ކޭސް ހުރިއިރު، އެސިޓީގެ 467 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ