އިމްރާން މަޖިލީހަށް ހާޒިރުކޮށް ލުތުފީ ގެނައުމާ ގުޅޭގޮތުން ސުވާލުކުރުރަނީ

ނޮވެމްބަރު 3، 1989 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުންނެވި ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތާ ގުޅޭ ގޮތުން ސުވާލު ކުރުމަށް، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ ހުށަހަޅައިފިއެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މަޖިލީހަށް ހުށަހާފައިވަނީ، ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ލުތުފީ ސްރީލަންކާއަށް ފޮނުވައިލި ގޮތަށް އޭނާ އަނބުރާ ގެނެސްފައި ނުވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭނާ ގެނެއުމުގެ މަސައްކަތް ކުރޭތޯއާއު، ލުތުފީ މިހާރު ހުރި ގައުމަކާ ގުޅޭ ގޮތުން ސަރުކަރަށް މައުލޫމާތު ލިބިފައިވޭތޯ ސުވާލު ކުރުމަށެވެ.

ލަންކާގެ ޖަމާއަތަކާ ގުޅިގެން ޢަބްދުﷲ ފުތުފީ އިސްވެ ހުންނަވައި ރާއްޖެއަށް ދިން އުފުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލުމާއި ގުޅިގެން އޭނާގެ މައްޗަށް ކުށް ސާބިތުވެ މެރުމަށް ހުކުމް ކުރި ނަމަވެސް ފަހުން ވަނީ އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައެވެ.

ލުތުފީގެ މައްސަލައިގައި ހޯމް މިނިސްޓަރާ ސުވާލުކުރަން މަޖިީލީހަށް ހުށަހެޅުއްވިއިރު، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ފުރުވާލި މައްސަލައިގައި ސުވާލުކުރުމަށް މަޖިލީހުގެ ކޮމިޓީއަށްވެސް ހޯމް މިނިސްޓަރ ދާދި ފަހުން ވަނީ ހާޒިރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް