ގްރީސްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑާއެކު އެ ގައުމުގެ ހާލަތު.

ގްރީސްގެ ޖަންގަލިތަކުގައި އަލިފާން ރޯވެ، އެންމެން ބިރުވެރިކަމެއްގެ ތެރޭގައި!

ހޫނުގަދަވުމުގެ ސަބަބުން ގްރީސްގެ ޖަންގަލިތަކުގައި ރޯވެ ގިނަ ބަޔަކު ރައްކާތެރި ކަމުގެ ސަރަހައްދުތަކަށް ބަދަލުވާން ޖެހިއްޖެއެވެ.

ގްރީސްގެ 500 އަށްވުރެ ގިނަ ސަރަހައްދުތަކުގައި ހޫނުގަދަވުމުގެ ސަބަބުން އަލިފާން ރޯވެފައިވާއިރު، މި ގުދުރަތީ ކާރިސާގެ ސަބަބުން އެ ގައުމަށް ބޮޑުތަނުން ގެއްލުން ލިބެމުންދާކަމަށް ގްރީސްގެ ބޮޑުވަޒީރު ކިރިއަކޮސް މިޓްސޮޓާކިސްް ވަނީ ބުނެފައެވެ.

އަލިފާން ނިއްވުމުގައި އަލިފާން ނިއްވާ މީހުން ރެޔާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، މިދިޔަ ދުވަސްތަކުގައި އެތައް ސަތޭކެ ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރެވިފައިވާ ކަމަށްވެސް ބޮޑުވަޒީރު ބުނެފައިވެއެވެ.

ގްރީސްގެ ހާލަތު

ގްރީސްގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯވަމުން ދާއިރު، މި މަންޒަރުތަކުގެ ފޮޓޯތަކުން މިއީ ފިލްމެއްގެ މަންޒަރުހެން ހީވާވަރަށް ހާލަތު ބިރުވެރިއެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ މިހާތަނަށް އެ ގައުމަށް ކުރިމަތިވި އެންމެ ވަރުގަދަ ގުދުރަތީ އަލިފާނުގެ ކާރިސާއެވެ.

ގްރީސްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން އެތައް ބަޔެއްގެ ގެދޮރު ވަނީ އަނދާ އަޅިއަށް ވެފައެވެ. ބޮޑުވަޒީރު ކިރިއަކޮސް ވަނީ އަލިފާނުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނަށް ބަދަަލު ދޭނެ ކަމަށް ވައުދުވެފައެވެ.

ގްރީސްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު

ގްރީސްގެ ފިނިހޫނުމިން މިވަގުތު ހުރީ 47 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ