ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވާން ލިއޮނެލް މެސީ އެއްބަސްވެއްޖެ އެވެ.
އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ، 17 އަހަރަށް ފަހު ބާސެލޯނާ ދޫކޮށްލީ އިއްޔެ އެވެ. މެސީ ބާސާ އާއި އަލްވަދާއު ކީ ބާސާއާއެކު މެސީ ހަދާފައި އޮތް އެއްބަސްވުން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވުމާއި ގުޅިގެންނެވެ.
ބީބީސީ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މެސީ މިހާރު ވަނީ ޕީއެސްޖީއަށް ބަދަލުވާން އެއްބަސްވެފައެވެ. އަދި ޕީއެސްޖީއާއެކު މެސީ ދެ އަހަރުގެ އެއްބަސްވުމެއް ހަދާނެ ކަމަށެވެ. އަދި އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރެވޭނެ ކަމަށްވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
މެސީ ޕީއެސްޖީއަށް ބަދަލުވެއްޖެ ނަމަ މިއީ ގާތް ރަހުމަތްތެރިޔާ ނޭމާ އާއި މެސީގެ ރީޔުނިއަންކަށް ވެގެންދާނެއެވެ. ބާސާ ދޫކޮށް 2017 ގައި ނޭމާ، ޕީއެސްޖީ އަށް ބަދަލުވި ނަމަވެސް، މެސީ އާއި ނޭމާ އާއި ދެމެދުގައި އަބަދުވެސް ރަހްމަތްތެރިކަން އޮވެއެވެ.
ބެލެވޭ ގޮތުގައި އެއްބަސްވުމުގައި ސޮއި ކުރަން މިއަދުގެ ވަގުތެއްގައި މެސީ ޕެރިސްއަށް ފުރާނެއެވެ.



