ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިއްމާލައިފި

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެމްޓީސީސީ އިން ނިއްމާލައިފިއެވެ.

އެމްޓީސީސީ އިން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިއްމާލެވިފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 25 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 235 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓެކްސްޓައިލްސް ޖެހުން ހިމެނެއެވެ.

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުއެވެ.

މި މަޝްރޫއަކީ 5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން އަންނަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ