މާއެނބޫދޫއަށް އުދަ އަރާ ފެންބޮޑުވެއްޖެ

ދ.މާއެނބޫދޫއަށް އުދަ އަރާ އެރަށުގެ ބައެއް ސަރަޙައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެެެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި މާއެނބޫދޫއަށް އުދަ އަރާ އެރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ. އެރަށުގައި ހަރަކާތްތެރިވަމުންދަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ފަޔާ ސްޓޭޝަންގެ ސިފައިންނެވެ.

އެރަށުގެ ބައެއް ސަރަޙައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވި ނަމަވެސް، މިހާދިސާގައި އެއްވެސް މީހެއްގެ ގެއަކަށް ގެއްލުން ލިބުނު ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

މާއެނބޫދޫއަށް އުދައަރާފައިމިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވަނިކޮށެވެ.

މެޓު އޮފީހުން ވިދާޅުވެފައިވަނީ، މިއަދު ހަވީރު 17:00 އާއި ރޭގަނޑު 21:00 އާ ދެމެދުގެ ވަގުތުތަކުގައި މ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މީގެ އިތުރުން ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ބޮޑު ދިޔައިގައި އުދަ އެރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ