ބާރުގަދަ ބިންހެލުމަކާއިއެކު ޖަޕާނަށް ސުނާމީގެ އިންޒާރު ދީފި

6.8 މެގްނެޓިއުޓްގެ ބާރުގަދަ ބިންހެލުމަކާއިއެކު ޖަޕާނަށް ސުނާމީގެ އިންޒާރު ދީފިއެވެ.

ޖަޕާނުގެ ހޮންޝޫ އައިލެންޑްސްގެ އިރުއުތުރުން 52 މޭލު ދުރަށް އައިސްފައިވާ މިބިންހެލުމުގެ ސަބަބުން އެސަރަޙައްދުގައި އެއް މީޓަރުގެ އުސް ރާޅު އުފެދިފާނެކަމަށް ޖަޕާނުގެ މިޓިއޮރޮލޮޖިކަލް އެޖެންސީ އިން ނެރުނު އިންޒާރުގައިވެއެވެ.

މިވަރުގެ ވަރުގަދަ ބިންހެލުމެއް އެންމެ ފަހުން ޖަޕާނަށް އައިސްފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. 6.6 މެގްނެޓިއުޓްގެ ބާރުމިނުގައި އައި ބިންހެލުންއައީ 21 މޭލު އަޑިންނެވެ.

2018 ވަނަ އަހަރުގެ ބިންހެލުމާއި ޚިލާފަށް މިފަހަރު މިއައި ބިންހެލުން އައީ ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

ޖަޕާނުގެ މިޓިއޮރޮލޮޖިކަލް އެޖެންސީ ނެރެފައިވާ އިންޒާރާއެކު އެޕިސެންޓަރގެ މޫދާއި ކައިރި ސަރަޙައްދުގައި އުޅޭ ގިނަ ރައްޔިތުންވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. 2011 ވަނަ އަހަރު ޖަޕާނުގެ އެޕިސެންޓަރ ސަރަޙައްދަށް އައި 8.9 މެގްނެޓިއުޓްގެ ބާރުގަދަ މިބިންހެލުމަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބާރުގަދަކަމަށް ރެކޯޑު ކުރެވިފައިވާ ބިންހެލުމެވެ.

2011 ވަނަ އަހަރުގެ މިބިންހެލުމާއެކު އުފެދުނު ސުނާމީގެ ސަބަބުން، އެ ޤައުމަށް ފަހުގެ ތާރީޚެއްގައި ކުރިމަތިވެފައި ނުވާ ވަރުގެ ޤުދުރަތީ މުސީބާތެއް ވަނީ ކުރިމަތިވެފައެވެ. މި ސުނާމީގައި އުފެދުނު ރާޅުތަކުގެ އުސްމިން 7 މީޓަރަށް އަރާފައިވާކަމަށް ޖަޕާނުގެ މިޓިއޮރޮލޮޖިކަލް އެޖެންސީވަނީ ރިޕޯޓްކޮށްފައެވެ.

އަދި އުފެދުނު ބިޔަ ރާޅުތަކުގައި ޖަޕާނުގެ އެތައް ޝަހަރަކާއި އެތައް އަވަށެއް ސުންނާފަތި ވިއިރު މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 24000 އަށް ވުރެން މަތިވާނެކަމަށް ރިޕޯޓްކުރެވިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް