4973 ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފި

އެޑިއުކޭޝަން މިނިސްޓްރީން ފަށައިފައިވާ ކޮވިޑް-19 އިން ދިފާއުވުމަށް ދަރިވަރުންނަށް ދޭ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ރާއްޖެއިން މިހާތަނަށް 4000 އަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައި ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ދީރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު އެޑިއުކޭޝަނުން ފަށައިފައިވާ މި ޕްރޮގްރާމްގެ ދަށުން މާލެއާއި އަތޮޅުތެރެއިން މިހާތަނަށް 4973 ދަރިވަރުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައި އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރައިގެ ސްކޫލް ދަރިވަރުންނަށް ވެކްސިން ޖަހަން ފަށައިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ދަރިވަރުންނަށް ދެމުން އަންނަނީ ފައިޒަރ ވެކްސިނެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޔޫއެސްގެ އެހީގައި ރާއްޖެއަށް 128,600 ޑޯޒް ފައިޒަރ ވެކްސިން ރާއްޖެއަށް ވަނީ ލިބިފައެވެ.. ފައިޒަރ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެކެވެ.

މިހާރު ސްކޫލުތަކުގައި އުޅޭ 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް މި ވެކްސިން ދެމުން އަންނައިރު، މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމުގެ ކަންތައް އެޑިއުކޭޝަނުން ސްކޫލްތަކާއި ގުޅިގެން ކުރިއަށް ގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ