އަފްގާނިސްތާންގެ ރައީސް ގާނީ، ޔޫއޭއީގެ އެހީތެރިކަން ހޯދައިފި

އަފްގާނިސްތާންގެ ރައީސް އަޝްރަފް ގާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)އަށް ވަޑައިގެން ރައްކާތެރިކަން ހޯދައިފައިވާ ކަމަށް ގަލްފް ނޭޝަން އިން ބުނެފިއެވެ.

މިދިޔަ ހަފްތާ ބަންދުގައި ތާލިބާން ޖަމާއަތުން އަގްފާންގެ ވެރިރަށް ކާބުލް ސިޓީ ހިފާ، އެ ގައުމުގެ މައި ސިޓީތައް އެމީހުންގެ ބާރުގެ ދަށަށް ގެނައުމާއެކު އަފްގާންގެ ރައީސް ގާނީ ވަނީ އަފްގާނިސްތާން ދޫކޮށް ފިއްލަވާ އެ ގައުމުން ބޭރުވެފައެވެ.

ޔުއޭއީ ގެ ފޮރިން މިނިސްޓަރ ވިދާޅުވީ، އެ ގައުމުން އެފަގާންގެ ރައީސް ގާނީ އާއި އާއިލާއަށް މަރުހަބާ ކިޔައިފައިވާ ކަމަށެވެ. އަދި އެއީ އިންސާނިއްޔަތައްޓަކައި ދިން އެހީތެރިކަމެއް ކަމަށް ފޮރިން މިނިސްޓަރ ހާމަކުރެއްވިއެވެ.

މިދިޔަ ބުދަ ދުވަހު އަފްގާންގެ ރައީސް ގާނީ، އާންމުކުރި ވީޑިއޯ މެސެއްޖެގައި ވަނީ، އަފްގާން ދޫކޮށް ފިއްލެވީކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އެގޮތުން އަފްގާން ދޫކޮށް ފިލީ ނޫންކަމަށާއި، އަފްގާން ދޫކޮށް ދިޔައީ ލޭ އޮހޮރުމަކަށް ނުދާންވެގެން ކަމަށާއި، ހަމަނުޖެހުންތައް ހުއްޓުވުމަށް ކަމަށެވެ. އަދި ގައުމަށް އެނބުރި ދިއުމަށް މަޝްވަރާތައް ކުރެވެމުންދާކަމަށްވެސް ގާނީ ހާމަކުރެއްވިއެވެ.

މީގެ އިތުރުން އަފްގާންގެ ރައީސް ގާނީ ފިއްލެވީ، ގިނަ އަދަދެއްގެ ފައިސާއާއެކު ކަމަށް ބުނެ ފަތުރާފައިވާ ވާހަކަތައްވެސް އެމަނިކުފާނު ވަނީ ދޮގުކޮށްފައެވެ.

ތާލިބާން ޖަމާއަތުން ކާބުލް ސިޓީ ހިފުމާއެކު، ތާލިބާނުންނާއެކު ސުލްހަވެރިކަމާއެކު ބާރުތައް ދޫކޮށްލުމަށް އަފްގާންގެ ސަރުކާރާއެކު މަޝްވަރާތަކެއްވެސް ކުރެވުނެވެ. ނަމަވެސް އެދުވަހު އަފްގާންގެ ރައީސް ގައުމު ދޫކޮށް ދިއުމުން، އަފްގާންގެ ގިނަ ސިޔާސީ ފަރާތްތަކަކާއި އެހެން ގައުމުތަކުގެ އިސްވެރިންވެސް އަންނަނީ ގާނީ އަށް ފާޑުވިދާޅުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ