މަޖިލީހުގެ އައު އިމާރާތް

މަޖިލީހުގެ އައު އިމާރާތް ބޭނުން ކުރަން ފަށައިފި

2011 ސެޕްޓެމްބަރު 14 ގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންޓްރެކްޓާސް (އާރްސީސީސީ) އާއި ހަވާލުކޮށްގެން ފެށި، ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތުގައި ބައެއް ކޮމެޓީ ރޫމްތައް ނިންމައި ބޭނުންކުރަން ފަށައިފިއެވެ.

މަޖިލީހުގެ ތަޅުމުގައި ކޮމިޓީތަކުގެ ތާވަލު އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ރެއިން ފެށިގެން އާ އިމާރާތުގެ ދެ ކޮމިޓީ ކޮޓަރިއެއް ބޭނުން ކުރަން ފެށޭ މިންވަރަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކޮމިޓީ ކޮޓަރި ހަތަރަކާއި ފަހެއްގައި ބޭނުން ކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ބޭއްވި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި އިނގިރޭސި ސަފީރު ބައްލަވާލެއްވި ކަމަށްވެސް މަޖިލީހުން ވިދާޅުވިއެވެ.

މަޖިލީހުގެ އައު އިމާރާތުގެ މަސައްކަތް ލަސްވެފައިވަނީ ތަފާތު ސަބަބުތަކާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ