އިންޑަސްޓްރިއަލް ވިލެޖްގައި ބޮޑު ފިއުލް ޝެޑެއް ގާއިމްކުރަނީ

ޒަމާނީ ފެންވަރުގެ ފިއުލް ޝެޑެއް މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމްކުރުމަށް ވެވޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ފިއުލް ޝެޑް މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ޤާއިމްކުރުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީއާއި އެކު ވެވޭ އެއްބަސްވުމުގައި ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) އިން މިއަދު ވަނީ ސޮއިކޮށްފައެވެ. ސޮއިކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އެފްއެސްއެމް އިން ބުނީ މި ޝެޑަކީ އެންމެ ޒަމާނީ ފެންވަރަށް ގާއިމްކުރެވޭ ޖާގައިގެ ގޮތުން ބޮޑު ޝެޑެއް ކަމަށެވެ.

އެގޮތުން މި ޝެޑުން 4 ފުރޮޅުލީ 8 އުޅަނދަށާއި 2 ފުރޮޅުލީ 16 އުޅަނދަށް އެއްފަހަރާ ޚިދުމަތް ލިބިގެންދާނެކަމަށް އެފްއެސްއެމް އިން މައުލޫމާތު ދިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ