ށ. ފޭދޫ ސްކޫލްގެ ބާ އިމާރާތުގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.
މި ހާދިސާ ހިނގައިގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައި ވަނީ ރޭ 22:47 ހާއިރުކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުން ހަރަކާތެރިވެ ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައި ވަނީ ރޭ ދަންވަރު 00:39 ހާއިރު ކަމަށެވެ.
މި ހާދިސާގެ ސަބަބުން ސްކޫލުގެ 3 ކުލާސް ރޫމް ވަނީ ވަރަށް ބޮޑަށް އަނދާ ފައެވެ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފޭދޫ ކައުންސިލުން ވިދާޅުވީ، ސްކޫލްގެ ބާއިމާރަތުގައި ބަޔަކު ރޯކޮށްލީ ކަމަށާއި، ނަމަވެސް ރޯ ކޮށްލީ ކޮންބަޔެއް ކަމެއް އަދި ހޯދިފައި ނުވާކަމަށެވެ.
އަލިފާން ރޯވި އެ ރަށު ސްކޫލުގެ ބާ އިމާރާތަކީ ބޭނުންކުރާ އިމާރާތެއް ނޫނެވެ. ނަމަވެސް އެ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.




