މަސްތުވާތަކެއްޗާއި ވައްކަމާއި ދެކޮޅަށް ފޭދޫގައި އިހުތިޖާޖު ކުރިއިރު، 14 މީހުން ގެންގޮސްފި

މަސްތުވާތަކެއްޗާއި ވައްކަމާއި ދެކޮޅަށް ށ. ފޭދޫގައި އިހުތިޖާޖު ކޮށްފިއެވެ.

އަންހެން ފިރިހެން ހިމެނޭގޮތަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ބައިވެރިވި މިއިހުތިޖާޖު ފަށާފައިވަނީ މިއަދު މެންދުރުފަހު 01:30 ހާއިރުއެވެ.

އެރަށުން މިނޫހަށް މަޢުލޫމާތު ދިން މީހަކު ބުނީ، ރަށުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަންކުރުން އިތުރުވެ ހައްދުފަހަނަ އަޅާ ހިސާބަށް މިހާރު ރަށުގެ ކަންތައްތައް ގޮސްފައިވާކަމަށާއި، އެހެންކަމުން މިވަބާގެ ބިރުވެރިކަން އޮތްމިންވަރަށް ބަލާ ރައްޔިތުން އިހުތިޖާޖަށް ނުކުތީކަމަށްވެސް އޭނާ ބުންޏެވެ.

މިއިހުތިޖާޖު ކުރިއަށްދަނިކޮށް 04:30 ހާއިރު ފުލުހުން އެރަށަށް އައިސްފައިވާކަމަށްވެސް އޭނާ ބުންޏެވެ. އަދި ގިނަ ރަށުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށް މިކަން ކުރާކަމަށް ތުޙުމަތުކުރެވޭ މީހުން ގޮވައިގެން ފުލުހުން އެރަށުން ފުރާފައިވަނީ މިރޭ 08:00 ހާއިރުކަމަށްވެސް އޭނާ ބުންޏެވެ.

އެގޮތުން އެރަށުން 14 މީހަކު ފުލުހުން ގެންގޮސްފައިވާއިރު، އޭގެތެރޭގައި ރަށުން ބޭރު އަންހެނަކުވެސް ހިމެނެއެވެ. އެ އަންހެން މީހާއަކީ ރަށުގައި ހަށިވިއްކާކަމަށް ތުޙުމަތުކުރެވޭ މީހެކެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ