މަޝްހޫރު ފިލްމީ ތަރި އާޝާ ހުރީ ހުސްކޮށް!

ގިނަބައެއްގެ މަޤުބޫލުކަން ހޯދަމުން އަންނަ، އަދި ކުރިއަރަމުން އަންނަ މަޝްހޫރު ފިލްމީ ތަރި އާޝާ އަދިވެސް ހުރީ ހުސްކޮށް ކަމަށް އޭނާ ހާމަކޮށްފިއެވެ.

ޓިކޮޓޮކް އިން އާންމުގެ ބޮޑު މަޤުބޫލުކަމެއް އެންމެ ފުރަތަމަ ހޯދި މި ފަންނާނަކީ އަބަދުވެސް މީސްމީޑިއާގައި ވަރަށް އެކްޓިވްކޮށް އުޅޭ އެކްޓްރެސްއެކެވެ. އެގޮތުން އާޝާ އަކީ އަބަދުވެސް ހާއްސަކޮށް އިންސްޓަގްރަމްގައި އޭނަގެ ފޭނުންނާއެކު ވަގުތު ހޭދަކުރާ ފަންނާނެކެވެ.

މިފަހަކުން އާޝާ އިންސްޓަގްރަމްގައި ފޭނުންނަށް ހުޅުވާލި ސުވާލު ޕޯލްގައި، ފޭނަކު ވަނި އާޝާ އަދިވެސް ހުރީ ސިންގަލްކޮށްތޯ ސުވާލުކޮށްފައެވެ. މި ސުވާލަށް ރައްދު ދެމުން އާޝާ ބުނީ އޭނާ ސިންގަލް ކަމަށެވެ.

އަބަދުވެސް ހުރީ ހުސްކޮށްތޯ މީހުން ސުވާލު ކުރާއިރު، އެންމެ ގިނަ މީހުން ސުވާލު އުފައްދަނީ އާޝާ އާއި ޓިކްޓޮކްގެ ތަރި އިޝްފާން އާއި އޮންނަ ގުޅުމަށެވެ. އެގޮތުން މި ސުވާލު ޕޯލްގައި މީހަކު ވަނީ އާޝާ އާއި އިޝްފާން މިހާރު އަންނަނީ ޑޭޓް ކުރަމުންތޯ ސުވާލުކޮށްފައެވެ.

ނަމަވެސް ސުވާލަށް ޖަވާބުދީ ޑޭޓް ނުކުރާ ކަމަށް އާޝާ ބުނެފައިވެއެވެ. އަދި އާޝާ އާއި އިޝްފާން އާއި އޮންނަނީ ރަހްމަތްތެރިކަމުގެ ގުޅުން ކަން އާޝާ ވަނީ ބުނެފައެވެ.

އިތުރު ސުވާލަކަށް ޖަވާބުދެމުން އާޝާ ބުނީ، އާޝާ ދެން އެންމެ އަވަހަށް ފީޗާ ފިލްމަކުން ފެނިގެންދާނީ ޑާކް ރެއިން އެންޓަޓައިންމެންޓްގެ "ބަޅިނދު"އިން ކަމަށެވެ. މި ފިލްމްގެ މަސައްކަތް ލަސްވެފައިވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެންނެވެ. ޑާކް ރެއިންގެ ފިލްމް "ބީވީމާ" އިންވެސް އާޝާ ފެނިގެންދާނެއެވެ.

އާޝާ އެންމެ ފުރަތަމަ ފިލްމީ ދާއިރާގެ މަސައްކަތަކުން ފެނުނީ ޑާކް ރެއިންގެ ފިލްމް "ގޮށްރާޅު" އިންނެވެ. އެ ފިލްމްގައި އާޝާ އަދާކޮށްފައި ވަނީ ސްޕޯޓިން ރޯލެކެވެ.

މިލިޔުން ކިޔާލުމުން
113
ގުޅުންހުރި ލިޔުންތައް

3 Responses

  1. ސިމްބެ

    އިސްފާނު އުޅެނީ ފިރެހެނުން ގޮވައިގެން .ކިޔާތީ އިވޭ އޭގެމީހެކޯ

  2. ބޯހަލާކު

    ރާއްޖޭގަ ލަވައެއް ކުޅެލާ އިރަށް މަސްހޫރު ވެފަ ޑައިރެކުޓަރަކަށް ވެސް ވާނެ ، އެހާ އަވަސް ވާނެ.

  3. ރ.އ

    Thiulhenee in one meehaku hoadha dheyn tha?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ