ޒުވާން އެކްޓްރެސް އާމިނަތު ރަޝްފާ (އާޝާ)ގެ އުފަންދުވަހު ނެރުނު ހާއްސަ ލަވަ، "ޝިކާރަ"އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. އެގޮތުން މި ލަވައަށް ދެ ހަފްތާތެރޭގައި 100،000 އަށްވުރެ ގިނަ ޔޫޓިއުބް ވިއުސް މިހާރު ވަނީ ލިބިފައެވެ.
އާޝާ ޕްރޮޑިއުސްކޮށް ނެރުނު މި ލަވަ ރިލީޒްކޮށްފައި މިވަނީ އޭނަގެ އުފަންދުވަހާއި ދިމާކޮށް މި މަހުގެ 16 ވަނަ ދުވަހުއެވެ. މިއީ އާޝާ ޕްރޮޑިއުސްކޮށް އުފައްދާފައިވާ ލަވައެކެވެ.
ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަލަބީ އާއި އަޝްފާގެ އަޑުން ކިޔައިފައިވާ މި ލަވަ އަޑު އަހާލަން ވަރަށް ހިތްގައިމެވެ. އަދި މި ލަވަ އިތުރަށް ފުރިހަމަ ވެގެންދިޔައީ މި ލަވައިގެ ވީޑިއޯ އެވެ. ލަވަ ގެނެސްދީފައިވަނީ ބަލާލަން ޝައުގުވެރި ތަފާތު ކޮންސެޕްޓެއްގެ މައްޗަށެވެ.
މި ލަވައިގެ ވީޑިއޯއިން އާޝާއާއެކު ފެނިގެންދިޔަ ފިރިހެން އެކްޓަރަކީ އަހުމަދު އީސަ (އަނަންދު) އެވެ. ވެ. އީސަގެ އިތުރުން މި ލަވައިގައި ހާއްސަ ފެނިލުމަކުން އެކްޓްރެސް ހުނޫވެސް ފެނިގެންދިޔައެވެ.
"ޝިކާރަ" ވީޑިއޯ ލަވަ ވާހަކައެއްގެ ސިފައިގައި ގެނެސްދިން އިރު، ލަވައިގެ ވީޑިއޯ ނިންމާލީ ޓްވިސްޓަކާއެކުއެވެ. މި ލަވައިގެ ދެވަނަ ބައެއްވެސް އަންނާނެކަމަށް ހާމަކޮށްފައިވެއެވެ.
މިއީ އާޝާ އޭނާގެ އުފަން ދުވަހާ ދިމާކޮށް ނެރުނު ދެ ވަނަ ލަވައަށް ވާއިރު، މިދިޔަ އަހަރު ނެރުނު 'ގުނަމުން މިދާ' ލަވައަށްވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ.
މި ލަވައަކީ ފެޝަން ޑިޒައިނާ އަދި މޭކަޕް އާޓިސްޓް ސޭންޑީގެ ފުރަތަމަ ޑައިރެކްޝަނެވެ. މި ލަވައިގައި އާޝާގެ ފުރިހަމަ މޭކަޕްވެސް ކުރި ސޭންޑީއެވެ.





ހިޔާލު
އެއްލައްކަަ އާ 100 ލައްކަ ވަކި ނުވިޔަސް ލިޔެވޭތޯޯ ބަލާ