އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ މި މަހު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޓީޑީސީ އިން އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމައިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ. އަހަރީ އާންމު ޖަލްސާގެ ތެރެއިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކުރުމާއި އޮޑިޓަރުން އައްޔަނުކޮށް އުޖޫރަ ކަނޑައަޅާނެއެވެ.

މިދިޔަ އަހަރު އެމްޓީޑީސީ އަށް 1,537,905 ޑޮލަރުގެ ފައިދާއެއް ލިބުނެވެ. މި އަހަރު ވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ނުބަހަން ވަނީ ނިންމައިފައެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ ޖޫން 29 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އެމްޓީޑީސީގެ ހިއްސާދާރެއްގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނިއެވެ.

އެމްޓީޑީސީ އިން ވަނީ ޖަލްސާގެ ދައުވަތު ހިއްސާދާރުންނަށް ފޮނުވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ